-Advertisement-

-Advertisement-

ކުޑަ ކުއްޖަކު ރޭޕް ކުރި ކަމުގެ ކުށް ސާބިތުވެ މީހަކު 18 އަހަރަށް ޖަލަށް!

ފޮޓޯ؛ ދިވެހި ދުލުހުންގެ ހިދުމަތް

ކުޑަ ކުއްޖަކު ރޭޕް ކުރި މީހަކު 18 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި ތ.ގުރައިދޫ، މިޔަވާލި، ހުސެއިން ޒާހިނުގެ މައްޗަށް ދައުލަތުން ޖުމްލަ ތިން ދައުވާއެއް ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން މި މަހުގެ 15 ވަނަ ދުވަހު ނިންމީ ތިން ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

  • ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުންމުގެ ދައުވާ. އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވޭ
  • ކުޑަކުއްޖަކަށް އެމީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ދައުވާ. 03 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވޭ
  • އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ. މި ދައުވާގެ ކުށް ސާބިތުވެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވޭ

އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބުގެ ޖުމްލަ މުއްދަތަކީ 18 އަހަރާއި 1 މަހާއި 6 ދުވަހެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކްރިމިނަލް ކޯޓުން ޝަރީއަތް ކުރީ ސިއްރުކޮށްގެންނެވެ. އަދި އެ ސަބަބާ ހެދި ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓު ވެސް ހާމައެއް ނުކުރެ އެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-