ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ވައުދުވެވަޑައިގެންނެވި ގޮތަށް ށ. މިލަންދޫގައި އެއާޕޯޓެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް ވަނީ މިއަދު މެންދުރު ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
“އަޅުގަނޑު ވައުދުވަނީ ވައުދު ފުއްދަން. އެހެންވީމާ މި ރަށުގެ ރައްޔިތުންގެ ކުރިމަގާއި ތަރައްގީއަށް އެއްވަނައިން 10 ވަނައަށް ވެސް އޮތް އެއާޕޯޓު އިރާދުކުރެއްވިއްޔާ ޔަގީންކަމާ އެކު އަޅައިދޭނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން އަރުވަން,” ރައީސް
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު މިލަންދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެގޮތުން އެ ހުރިހާ ކަމެއްވެސް އެ މަނިކުފާނު ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އޭގެ ތެރެއިން ރަށުގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަސައްކަތާ ގުޅޭ ހުރިހާ ކަމެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރައްވަމުން ގެންދަވާ ކަމަށާއި ހޮސްޕިޓަލާއި މަގު ހެދުމުގެ މަޝްރޫއު އާއި އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކޮމްޕްލެކްސްގެ މަޝްރޫއުގެ އިތުރުން ހައުސިން މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އުތުރު ދަތުރުގެ ތެރެއިން ރައީސް ވަނީ ހއ. ދިއްދޫގައި އެއާޕޯޓެއް އެޅުމަށް ވެސް ވައުދުވެވަޑައިގަނެފަ އެވެ.