-Advertisement-

-Advertisement-

އަނެއްކާވެސް ފާނަބަސަންދު ފެތުރެނީ

މި ދުވަސްވަރު ފާނަބަސަންދު ޖެހޭ މިންވަރު އިތުރުވުމާ ގުޅިގެން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ފާނަބަސަންދަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އާންމު ގޮތެއްގައި މިބަލި ޖެހެނީ ކުޑަކުދިންނަށެވެ. އެހެންނަމަވެސް މިއީ ބޮޑެތި މީހުންނަށްވެސް ޖެހޭ ބައްޔެކެވެ. ފާނު ބަސަންދުގެ އަލާމާތް ތަކުގެ ތެރޭގައި ހިމެނެނީ ހުން އައިސް ނޭފަތުން ފެން އައުމާއި ، ގައިގައި ފެން ބިހިތަކެއް ނަގައި ވަރު ދެރަވުމެވެ.

ފާނަބަސަންދު ޖެހުމުން ގައިގައި ނަގާ ބިއްސަކީ ވަރަށް ގަދައަށް ހިރުވާ ބިހިތަކެކެވެ. މި ބިހިތައް ނެގުމަށްފަހު ދެތިން ދުވަސްތެރޭގައި ގައިގެ އެކި ތަންތަނަށް ފެތުރިދެއެވެ. އަދި އެހާ އަވަހަށް މި ބިހިތައް ފަޅައިގެންވެސް ދެއެވެ.

ފާނަބަސަންދަކީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންވެސް ޖެހޭ ބައްޔަކަށް ވާއިރު ފާނަ ބަސަންދު ޖެހިގެން ފުރަތަމަ ދެދުވަހު ނޭފަތުން ފެންއައިސް ހުން އަންނަން ފަށައެވެ. އެހެންނަމަވެސް އެދުވަސްވަރު ހަށިގަނޑުން ބިހިނަގާކަށް ނުފަށާނެއެވެ. ބަލިމީހާ ކެއްސާ، ކިނބިހި އަޅާ ހަދާއިރު ކައިރީގައި ތިބޭ މީހުންނަށް އެބަލި ޖެހެއެވެ.

މިބަލިން ރައްކާތެރިވުމަށްޓަކައި ބަލި ޖެހިފައިވާ މީހުންގެ ގެއަށް ޒިޔާރަތް ކުރުން ވަގުތީގޮތުން ހުއްޓާލަން ޖެހެއެވެ. ބަލިމީހާގެ ގައިގައި ނަގާފައިވާ ބިހިތަކުގައި ކުރަމަގާލި ލައި ރަނގަޅު ނުވަނީން އޭނާވެސް ބޭރަށް ނުކުމެގެން ނުވާނެއެވެ. ފާނަ ބަސަންދު ޖެހިފައިވާ މީހާ ނުވަތަ ކުއްޖާ، ގޭގެ އެހެން މީހުންނާ ވަކިކުރަން ވާނެއެވެ. އޭނާ ކާންބޯން ބޭނުންކުރާ ތަށިފަދަ ތަކެއްޗާއި ތުވާއްޔާއި އަންނައުނުވެސް ވަކިކޮށް އެހެން މީހުން އެއިން އެއްގޮތަކަށް ވެސް ބޭނުން ކޮށްގެން ނުވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-