-Advertisement-

-Advertisement-

ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓްގެ ސްމާރޓް ގޭޓުގެ ހިދުމަށް އިފްތިތާހު ކޮށްފި

ފޮޓޯ؛ ނިއުސް ލެބް

ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޙާޞިލްކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ “ސްމާޓް ގޭޓް” ޚިދުމަތް މިއަދު އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ޕެސެންޖަރ ޓާމިނަލްގައި ޚާއްސަ ހަފްލާއެއް ބާއްވާފައިވާއިރު، މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ  މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

މި ހަފްލާގައި ކޮމިޝަނަރަ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު، ކަސްޓަމްސްއާއި  މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން، އަދި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، މިއަދު ކަސްޓަމްސްއިން ތައާރަފްކުރި ސްމާޓް ގޭޓްގެ ސަބަބުން އެއަރޕޯޓުން ފަސިންޖަރުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަގަޅުކުރެވި އަވަސް ޚިދުމަތެއް ދިނުމަށް މަގުފަހި ކުރެވިގެންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އާޓަރމިނަލްއާއި ގުޅިގެން ތަރައްޤީކުރަންޖެހޭ ކަންކަން ހަލުވި ސްޕީޑްގައި ކުރަމުންދާކަމުގައިވެސް އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ސީއީއޯ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ނިއުސްލެބް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސްމާޓް ގޭޓްގެ ޚިދުމަތް ގާއިމު ކުރުމާއެކު، މިއެއަރޕޯޓުން ޚިދުމަތް ހޯއްދަވާ ދަތުރުވެރިންގެ ކްލިއަރަންސް ވަރަށްބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ޚިދުމަތް ޤާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވައި އަދި އެނޫނަސް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެއެވެ.

 

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-