ރައީސް އާއި މެންބަރުން އުނިކޮށް، ޖުޑިޝަރީއާއި ކައުންސިލަރުންނާއި އެހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މިއަދު މަޖިލީހުގައި 49 މެމްބަރުންގެ ވޯޓާއެކުއެވެ. މިއާއެކު 69 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓަށް އަހަރެއްގެ މައްޗަށް އިތުރުވާނެއެވެ.
އެއީ ޝަރުއީ ދާއިރާގެ މުސާރައަށް މަހެއްގެ މައްޗަށް 7.2 މިލިއަން ރުފިޔާ ހަރަދުވިއިރު މި ބަދަލާއެކު ޖުމްލަ 9.08 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި ކައުންސިލަރުންގެ މުސާރައަށް މަހެއްގެ މައްޗަށް ޖުމްލަ 13.3 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. ކައުންސިލްތަކުގެ މުސާރައަށް ކުރިން ހަރަދު ވަނީ ހަރަދު ވަނީ، މަހެއްގެ މައްޗަށް 10.1 މިލިއަން މިލިއަން ރުފިޔާއެވެ.
މުސާރަތަކަށް ގެނައި ބަދަލުތައް:
-
އުއްތަމަ ފަނޑިޔާރު: 91،000ރ. (ކުރިން، 74،000ރ.)
-
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: 89،000ރ. (ކުރިން، 72،000ރ.)
-
ހައި ކޯޓުގެ އިސް ފަނޑިޔާރު: 70،000ރ. (ކުރިން، 57،300ރ.)
-
ހައި ކޯޓުގެ ފަނޑިޔާރުން: 68،000ރ. (ކުރިން، 55،300ރ.)
-
ކްރިމިނަލް ކޯޓު، ޑްރަގު ކޯޓު، ސިވިލް ކޯޓު، ޖުވެނަލް ކޯޓު، ފެމިލީ ކޯޓުގެ އިސް ގާޒީން: 62،000ރ. (ކުރިން، 48،000-50،000ރ.)
-
ކްރިމިނަލް ކޯޓު، ޑްރަގު ކޯޓު، ސިވިލް ކޯޓު، ޖުވެނަލް ކޯޓުގެ ގާޒީން: 60،000ރ. (ކުރިން، 47،000-49،000ރ.)
-
ދާއިރާގެ އިސް މެޖިސްޓްރޭޓް: 43،000ރ. (ކުރިން، 31،000-33،000ރ.)
-
ކޯޓުގެ އިސް މެޖިސްޓްރޭޓް އަދި މެޖިސްޓްރޭޓް: 41،000ރ. (ކުރިން،29،400-31،400ރ.)
-
މޭޔަރުން: 46،000ރ. (ކުރިން، 40،000ރ.)
-
ޑެޕިއުޓީ މޭޔަރުން: 40،500ރ. (ކުރިން،35،000ރ.)
-
އަތޮޅު ކައުންސިލްގެ ރައީސް: 33،000ރ. (ކުރިން، 28،000ރ.)
-
ސިޓީ ކައުންސިލް މެންބަރުން:35،000ރ. (ކުރިން، 30،000ރ.)
-
ރަށު ކައުންސިލް ރައީސް: 25،500ރ. (ކުރިން، 20،000ރ.)
-
ރަށު ކައުންސިލް ނައިބު ރައީސް: 20،000ރ. (ކުރިން، 15،000ރ.)
-
ކައުންސިލް މެންބަރުން: 18،000ރ. (ކުރިން، 13،000ރ.)
-
އެމްއެމްއޭގެ ގަވަރުނަރު، އޮޑިޓާ ޖެނެރަލް، އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން: 74،000ރ.
-
މިނިވަން މުއައްސަސާތަކުގެ ރައީސުން:59،000ރ.
-
މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުން: 55،000ރ. އެވެ.