-Advertisement-

-Advertisement-

ގަލޮޅު ދަނޑު މާރާމާރީ: ހައްޔަރުކުރި 13 މީހަކު ދޫކޮށްލައިފި

ފުލުހުން / ފޮޓޯ: ރައސިްއޮފީސް

މި މަހުގެ 07 ވަނަ ދުވަހު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ބައްދަލުކުރި ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުގައި ހިނގި މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި 13 މީހަކު ދޫކޮށްލައިފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކުރީ 16 މީހުންނެވެ. ފުލުހުން ބުނީ ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާ ކުޑަހެންވޭރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ކުޅުން ކުރިއަށް ދަނިކޮށް ބަޔަކު މީހުން ދަނޑު މައްޗަށް އަރައި ހަމަނުޖެހުން ހިންގާފައިވާކަމަށެވެ.

ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ދެ ޓީމުގެ ދެ ކުޅުންތެރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން ސަޕޯޓަރުން ދަނޑަށް އަރާ ހިންގި މާރާމާރީގައި ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

މި މެޗުގެ 81 ވަނަ މިނިޓުގައި ކުޅުން ހުއްޓާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީއެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 18 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތިން މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށާއި އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-