ހުވަދު އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މިރޭ 19:15 އިން ފެށިގެން 23:00 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު މެޓު އޮފީހުން ވަނީ މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަަށް ލަފާކޮށްފައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓު އޮފީހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ސަމާލުވުމުގެ އިތުރުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ވެސް އެދިފައެވެ.
ޔެލޯ އެލާޓް މިއަދު ނެރެފައިވާއިރު ކަނޑު ދަތުރު ކުރުމުގައި މޫސުން ގޯސް ވެ ރީނދޫ އެލާޓް ނުވަތަ އެއަށް ވުރެ މަތީ އެލާޓެއް ނެރެފައި ވަނިކޮށް ކަނޑު ދަތުރު ފަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން 9 މީޓަރަށް ވުރެ ކުދި އުޅަނދުތަކުގައި ފަސިންޖަރުން އުފުލުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ.