ރޯދަމަހަށް ހާއްސަކޮށް އެސްޓިއޯ އިން ގެނައި ބިސް، އަލުވި އަދި ފިޔާ ވިއްކަން ފަށައިފިއެވެ.
އެސްޓިއޯ އިން ބުނީ މި ބާވަތްތައް ރޯދަމަހު ހުސްވިޔަނުދީ ހިފެހެއްޓުމަށް އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް މާކެޓް ސްޓޭބަލައިޒް ކުރުމަށް ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، ފިޔާ، އަލުވި، އަދި ބިސް ޝިޕްމެންޓްތައް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.
އިއްޔެއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނާއި އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ރޯދަޔަށް ގެނައި ފިޔާ، ބިސް އަދި އަލުވި ވަނީ ވިއްކަން ފަށާފައެވެ.
އެކުންފުނިން ބުނީ، އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ 11 ފިހާރަތަކުން ފިޔާ، ބިސް އަދި އަލުވި ފޮނުވާނެ ކަމަށެވެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށެވެ.
މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުތަކަށް، ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ބާވަތްތައްވެސް ގެނެވޭނެކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ. އަދި ބާޒާރުގައި އަގުތަށް އަރައިގެން ދާކަމަށް ފާހަގަކުރެވޭ ތަކެތި އަދި ލޯކަލީވެސް ބައެއް މުދާ ފިހާރައިން ހުސްވިޔަނުދީ ބެހެއްޓުމަށްޓަކައި ނެގޭނެކަމަށް އެސްޓިއޯއިން ބުންޏެވެ.