-Advertisement-

-Advertisement-

ޖެނުއަރީ މަހު އޮކިއުޕެންސީ ރޭޓް ހުރީ 71.7 ޕަސަންޓްގަ، މިއީ މިދިޔަ ޑިސެމްބަރާ އަޅާބަލާއިރު އިތުރު އަދަދެއް!

ޗައިނާގެ ޝިއަމެން އެއާ ގެ ދަތުރުތަށް ރާއްޖެ ފެށުން. މި އެއާލައިންގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓަރ ފައިސަލް އަދި ޗައިނާ އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފައި - ފޮޓޯ: މުހައްމަދު ޝާބިން / ނިއުސްލެބް

ޖެނުއަރީ މަހު އޮކިއުޕެންސީ ރޭޓް ހުރީ 71.7 ޕަސަންޓްގަ ކަމަށާއި މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު އިތުރު އަދަދެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ރޭޓްވެސް ޖެނުއަރީ މަހު ވަނީ އިތުރު ވެފައެވެ. އެގޮތުން ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ޖެނުއަރީ މަހު ހުރީ 78.7 ޕަސަންޓްގައެވެ. އަދި ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 64.1 ޕަސަންޓްގައެވެ.

ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ މިދިޔަ ޑިސެމްބަރު މަހު 19.3 ޕަސަންޓްގަ ހުރިއިރު މި އަދަދު ޖެނުއަރީ މަހު ވަނީ27.5 ޕަސަންޓްއަށް އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ އެރައިވަލް ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް 392،389 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 15.7 އިންސައްތައިގެ ކުރި އެރުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގައި އެންމެ ކުރީގައި އޮތީ ޗައިނާ އެވެ. އެގައުމުން އެކަނި ވެސް މިމަހު 26ގެ ނިޔަލަށް ރާއްޖެއަށް 52،709 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-