ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ ގުއްލަލާ ހިނގުމުން ހުޅަނގުން އިރަށް ދުއްވާފައިދިޔަސައިކަލްއެއް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާރކުކޮށްފައި އޮތް ވޭން ގައި ޖެހިގެން ނެވެ. މި މަންޒަރު ފުލުހުންނަށް ފެނިފައިވަނީދަންވަރު 02:32 ހާއިރު ޕެޓްރޯލް ކުރަމުން ދަނިކޮށެވެ.
އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ޓްރީޓޮޕް އިން ދަނީ ފަރުވާ ދެމުން ނެވެ.
މިއެކްސިޑެންޓްގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކު ވެފައިއެވެ.
ފުލުހުން ދަނީ މިކަން ތަހުގީގް ކުރަމުންނެވެ.