ފޭސްބުކާއި މެސެންޖާ އަދި އިންސްޓަގްރާމް ޑައުންވެއްޖެއެވެ.
މި ތިން ޕްލެޓްފޯމުގެ އިތުރުން ބައެއް ފަރާތްތަކަށް ޖީމެއިލްއަށްވެސް ނުވަދެވެއެވެ. ކުއްލިއަކަށް ދިމާވި މި ހާދިސާ އާއި ގުޅިގެން ގިނަ ބައެއްގެ މެދުގައި ބިރުވެރިކަން ފެތުރިގެން ދިޔައީ އެކައުންޓުތައް ހެކްވީ ކަމަށްވެފައެވެ. އެފްބީ އިން ލޮގް އައުޓް ވެފައި ހުރުމާއެކު ޕާސްވޯޑުވެސް އަލުން ބަދަލެއް ނުކުރެވެއެވެ.
ނަމަވެސް މިކަމާ ގުޅިގެން މެޓާ ކުންފުނިން އަދި ބަހެއް ބުނެފައެއް ނުވެއެވެ.