-Advertisement-

-Advertisement-

މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދޭން ޖެހިދާނެކަމަށް ޔާމީން ވިދާޅުވުމުން ފައިސަލްގެ ރައްދު

ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް

މަޖިލިސް އިންތިހާބުގައި ޔާމީންގެ ސަޕޯޓަރުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހިދާނެކަމަށް ވިދާޅުވުމުން ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމްގެ ހޫނު ރައްދެއް ޔާމީނަށް ދީފިއެވެ.

ފައިސަލް ވިދާޅުވީ ރައީސް ޔާމީނަށް ނިމިދިޔަ ސަރުކާރުން އަނިޔާކުރާތީ ކަމަށް ބުނެ ޕީޕީއެމް ޕީއެންސީގެ އާންމު އެތައް މެންބަރަކު މަތީގައި ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ. އެމަސައްކަތް ކުރުން ނިމިދިޔަ ސަރުކާރުން އެތައް ބަޔަކު ހައްޔަރުކޮށް އަނިޔާ ދިން ކަމަށްވެސް ވިދާޅުވިއެވެ.

“އެގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް ކޯޓުގެ ހުކުމާ ގުޅިގެން މަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭތީ މަނިކުފާނު ބޭނުންފުޅުވީ އިލެކްޝަން ބޮއިކޮޓް ކުރަން. ދެ ޕާޓީގެ އާންމު މެންބަރުން އަނެއް ފަސް އަހަރު މަގުމަތީގައި އުޅެން. އެވެސް ހަމަ އެންމެ ރަނގަޅު ނިންމެވުންތޯ؟” ފައިސަލް

“މިހާރު އެންމެ ކައިރީގައި ތި ގެންގުޅުއްވާ އެކަކީ ޑރ. ޖަމީލް. އެއީ 2018 ގައި [ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި] މަނިކުފާނަށް އެންމެ ޑެމޭޖު ދިން އެކަކު. އަދި މަނިކުފާނާއި ފިރުއައުނާ އެއްވަރުކުރި މީހާ. ދެން ހުރީ މަލީހް ޖަމާލް. އަޅުގަނޑުމެން އާންމު މެންބަރުން އޭރު މަގުމަތީގައި މުޒާހަރާ ކުރިއިރު މަލީހް އިނީ ތިން އަހަރު [ރައީސް] އިބޫގެ ކެބިނެޓްގައި މަނިކުފާނަށް ވަގަށް ގޮވަން،” ފައިސަލް

ފައިސަލް އިތުރަށް ވިދާޅުވީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ ބާޣިން ކަމަށްވެ ޑރ. ޖަމީލާއި މަލީހް އަކީ ގާޒީންނަށް ވެފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-