ބިރުދެއްކުމަށްފަހު ކުޑަކުއްޖެއްގެ މޯބައިލް ފޯނު ފޭރުނު މީހަކު ބަންދުކޮށްފިއެވެ.
ކުޑަ ކުއްޖާއަށް ބިރު ދައްކާފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަޓަރެއް ބޭނުންކޮށްގެންނެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގެ ކުށުގެ ތުހުމަތެވެ.
މި ތުހުމަތާއެކު އޭނާ ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 30 މާޗު 2024ގައެވެ.
ކޯޓު އަމުރުގައި ބުނެފައިވާގޮތުގައި، ކަޓަރަކުން ބިރުދެއްކުމަށްފަހު އުމުރުން 17 އަހަރުގެ ކުއްޖެއްގެ މޯބައިލް ފޯނު ފޭރުނުކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ވާކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.