-Advertisement-

-Advertisement-

އިންޑިއާގެ އާންމު އިންތިހާބް: ދުނިޔޭގެ އެންމެ ބޮޑު އިންތިހާބް

ފޮޓޯ: އަލްޖަޒީރާ

އިންޑިއާގެ އަންމު އިންތިހާބު ނުވަތަ ލޯކް ސަބާ އިންތިހާބާކީ ވޯޓްލާން ރެޖިސްޓަރ ވެފައިވާ މީހުންގެ ނިސްބަތުން އެންމެ ބޮޑު އިންތިހާބެވެ. ލޯކް ސަބާ ނުވަތަ ގާނޫންހަދާ ތިރިގެ 543 ގޮނޑިއަށް މި އިންތިހާބުގައި އާންމުން ވޯޓް ލާނެއެވެ.  މި އިންތިހާބުގައި 969 މިލިއިން މީހުން ރެޖިސްޓަރ ކޮއްފައިވެއެވެ. މި އިންތިހާބު 6 ހަފްތާއަށް ދެމިގެންދާއިރުގައި 7 މަރުހަލާއަށް ބަހާލެވިފައިވެއެވެ.

އޭޕްރީލް 19 ގައި އިންޑިއާގައި ފެށޭ މި އިންތިހާބުގައި ބީޖޭޕީ އިސްވެ ހަދާފައިވާ އެންޑީއޭ ކޯލިޝަންގެ ލީޑަރެއްގެ ގޮތުން މިހާރުގެ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ފަހަރަށް ބޮޑު ވަޒީރުކަމަށް ކުރިމަތިލައެވެ. މޯދީ އާއި ދެކޮޅަށް ކޯލިޝަންއެއްގައި ބޮޑު ވަޒީރުކަމަށް ކުރިމަތިލައްވަނީ އިންޑިއަން ނޭޝަނަލް ކޮންގްރެސްގެ ރައީސް މަލިކަރުޖުން ޚަރްގޭއެވެ.

ނަރެންދުރަ މޯދީގެ ބީޖޭޕީގެ އަމާޒަކީ ތިރިގޭގެ 543 ގޮނޑީގެ ތެރެއިން 370 ގޮނޑި މިފަހަރު ކާމިޔާބުކުރުމެވެ. 2019 ވަނަ އަހަރު ބިޖޭޕީއަށް ހޯދިފައިވަނީ 303 ގޮނޑިއެވެ. މިއީ ބީޖޭޕީ ޕާޓީ 1980 ވަނަ އަހަރު އުފެއްދިފަހުން އެ ޕާޓީ ހިމެނޭ ކޯލިޝަންއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ނަރެންދުރަ މޯދީ މި އިންތިހާބު ކާމިޔާބު ކޮއްފިނަމަ ވެގެންދާނީ އިންޑިއާގެ ތާރީހުގައި ބޮޑުވަޒީރުކަމުގެ 3 ދައުރު ފުރިހަމަ ކުރާނެ 2 ވަނަ ބޮޑުވަޒީރަށެވެ. މިހާތަނަށް 3 ދައުރު ފުރިހަމަ ކޮއްފައިވާ ހަމައެކަނި ބޮޑުވަޒީރަކީ ޖަވާހަރުލާލް ނެހްރޫ އެވެ.

މި އިންތިހާބުގައި 2 ކޯލިޝަންއެއްގެ 2660 ސިޔާސީ ޕާޓީ ބައިވެރިވެއެވެ. 1 މިލިއަން ވޯޓްފޮށި ބަހައްޓާނެއެވެ. އަދި އިންތިހާބީ މަރުކަޒުތަކުގައި 15 މިލިއަން މީހުން މަސައްކަތް ކުރާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-