-Advertisement-

-Advertisement-

އިންޑިއާ އަދި ރާއްޖޭގެ ތިންވަނަ މަޝްވަރާ ބައްދަލުވުން ބާއްވައިފި

ރައީސް ޑރ. މުއިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު

އިންޑިއާ އަދި ރާއްޖޭގެ ތިންވަނަ މަޝްވަރާ ބައްދަލުވުން މިއަދު މާލޭގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދޭތެރޭގައި އިތުރަށް ގުޅުން ބަދަހި ކުރުމަށާއި އިންޑިއާގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް މޮނީޓާ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން އެޤައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ބާލައި އެ މަސައްކަތަށް އިންޑިއާގެ މަދަނީ ޓެކްނިކަލް މީހުން ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް ވަނީ ބުނެފައެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ހާމަކޮށްފައި ވާގޮތުން މަޝްވަރާތަކުގެ ހަތަރު ވަނަ ބައްދަލުވުން އިންޑިއާގައި ބޭއްވުމަށް ދެޤައުމުންވެސް މިހާރު ވަނީ އެއްބަސްވެފައެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކަށް ވާއިރު އިންޑިއާ ސިފައިންގެ ފުރަތަމަ ގްރޫޕް މާޗް 10 ގެ ކުރިން ވަނީ ރާއްޖެއިން ފައިބާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-