-Advertisement-

-Advertisement-

ފަތުރުވެރިކަމުގެ އިތުރު ހަރުފަތަކަށް: މިއަހަރުގެ މިހާތަނަށް ބައި މިލިއަން ފަތުރުވެރިން

ފަތުރުވެރިންތަކެއް ހުއްޓިލައިގެން --

މިއަހަރުގެ މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 506015 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނާއި އަޅާ ބަލާއިރު 13.6 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 445،625 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން މިދިޔަ މަހުވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 217000 އަށް ވުރެ މައްޗަށް އަރާފައިވާކަން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،015 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށާއި، އެ ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރާ ކަމަށެވްސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކޮށް ފުޅާ ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-