-Advertisement-

-Advertisement-

ކުނީގެ މައްސަލަ ދެމިގެން، އިއްޔެ އެކެނިވެސް 22 ޓަނުގެ ކުނި މާލެއިން ނަގައިފި

ލޭ ސިޓީ ކައުންސިލުން، މާލޭ މަގުމަތިން ކުނި ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލު

މާލޭ މަގުމަތިން އިއްޔެ އާއި ރޭ އެކަނިވެސް 22 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލުން ބުނީ އިއްޔެވެސް 1.5 ޓަނުގެ 10 ޕިކަޕާއި، 350 ކިލޯގެ 20 ޕިކަޕުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނެގި ކަމަށެވެ. އެއީ ޖުމްލަ 22 ޓަނުގެ ކުންޏެވެ.

މާލެ ތެރޭގައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކޮންމެ ދުވަހަކުވެސް ކުރަމުންދިޔަ ނަމަވެސް މަގުމައްޗަށް ކުނި އެޅުން ހުއްޓޭގޮތެއް ނުވެއެވެ. އެއާއެކު މާލެތެރެއަށް ކުނި އަޅާ މީހުންނަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާނެކަން ފުލުހުން އަންގާފައިވާއިރު އެ ފަރާތުން ވަނީ މާލެ ތެރެއަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ބުނެފައެވެ.

އަދި ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވިއްޖެނަަމަ އެފަދަ މީހުން ލައްވާ ކުނިތައް ނަގުވާ މަގު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގައި ކުނި ގިނަވެފައި މިވަނީ މި ރޯދަމަހަށް ގެއަށް އާ ފަރުނީޗަރު ވެއްދުމަށްފަހު މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކުގެ ސަބަބުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-