-Advertisement-

-Advertisement-

އިންޑިއާ ނޭވީއިން ސޯމާލިއާގެ ޕައިރޭޓުން ހިފި ބޯޓެއް ސަލާމަތްކޮށްފި

ސޯމާލިއާގެ ޕައިރޭޓުން ހިފި ބޯޓެއް އިންޑިއާ ނޭވީއިން ސަލާމަތްކޮށްދީފައި / ފޮޓޯ: ބީބީސީ

އިންޑިއާ ނޭވީއިން ސޯމާލިއާގެ ޕައިރޭޓުން ހިފި ބޯޓެއް ސަލާމަތްކޮށްފިއެވެ.

މިކަމާގުޅިގެން އިންޑިއާގެ ނޭވީ އިން ވަނީ ސޯމާލިއާގެ ޕައިރޭޓުން ހިފި ބޯޓުގައި 17 ފަޅުވެރިން ދަތުރުކުރި ކަމަށާއި އެ ބޯޓުގެ އެންމެން ސަލާމަތް ކޮށްފައިވާ ކަމަށް ބުނެފައެވެ.

އެބޯޓު ހައިޖެކްކޮށްފައިވަނީ މިދިޔަ އަހަރު ފަހުކޮޅު ކަމަށްވެސް ނޭވީގެ އޮފިޝަލުން ވަނީ  ބުނެފައެވެ.

އެމްވީ ރުއެން ނަމަކަށް ކިޔާ އެ ކާގޯބޯޓު ސަލާމަތްކުރުމަށް މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަންގައި އެބޯޓަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އެރި އިރު ޕައިރެޓުންގެ 35 މީހުން ބޯޓުގައި ތިބި ކަމަށް އޮފިޝަލުން ބުނެއެވެ.

މީގެއިތުރުން އިންޑިއާ ނޭވީއިން ބޯޓަށް އެރުމާއެކު ޕައިރެޓުން އެންމެން އަމާންދިން ކަމަށްވެސް ނޭވީއިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-