-Advertisement-

-Advertisement-

ރަމަޟާން މަހުގެ ފަހު 10ގައި ކޯޓް މުއައްޒަފުން މަސައްކަތް ކުރާނީ “ވޯކް ފްރޮމް ހޯމް” ގައި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ފޮޓޯ: ސަން ފޮޓޯ

ރަމަޟަން މަހުގެ ފަހު 10 އެއްގައި ކޮޓުތަކުގެ މުއައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަނޑައަޅައިފި އެވެ.

ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމަށް ރަމަޟާން މަހުގެ ފަހު 10 ބަންދު ކައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދު ވެލައްވާފައިއެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކަށް މިގޮތަށް އަމަލު ކުރުމަށް ވަނީ ރައީސް އޮފީހުން އަންގާފައިއެވެ. އަދި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމުގެ އިންތިޒާމު, އެ މުއައްސަސާއަކުން ކަނޑައެޅުމަށް އަންގަވާފަ އެވެ.

ޑީޖޭއޭއިން ކޯޓްތަކަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ ކޯޓްތަކުގެ މުއައްޒަފުން ގޭގައި މަސައްކަތްކުރެވޭނެ ކަމަށެވެ. ނަމަވެސް ގޭގައި ތިބެގެން ކުރާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ވެސް ނުލިބޭނެކަމަށެވެ. މިގޮތަށް ޑީޖޭއޭއިން ނަންމާފައިވި ނަމަވެސް ސަރުކާރުގެ މުއައްޒަފުން ފަހު ދިހައެއްގައި ކުރާ މަސައްކަތަށް އުޖޫރަ ހިނގާނީ ރަސްމީ ބަންދު ދުވަހެއްގައި ކުރި މަސައްކަތެއްގެ ގޮތުގައި ބަލައިގެންކަން ފާހަގަކޮއްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-