ރާއްޖޭގައި ބަންގަލަދޭޝް ބަހުން ދަރުސްދޭނެ ޢިލްމުވެރިން ހޯދަނީ

ބަންގްލަދޭޝް ބަހުން ދީނީ ހޭލުންތިރިކަމުގެ ޕްރޮގްރާމްތައް ބޭއްވުމަށް ބެންގާލީ ދަންނަ އިލްމުވެރިން ހޯދަން އިސްލާމިކް މިނިސްޓްރީއިން މިއަދު އިއުލާން ކޮއްފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީއިން ނެރެފައިވާ ބާޔާނެއްގައި ބުނެފައިވާ ގޮތުގައި ބެންގާލީ އިލްމެވެރިންގެ ޕޫލްއެއް އެކުލަވާކުމަށް އިލްމުވެރިން ހޯދާކަމަށެވެ. މި ކަމުގައ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް މިނިސްޓްރީގައި ރެޖިސްޓަރވެފައިވާ ދީނީ އިލްމުވެރިން މެދުވެރިކޮށް ދީނީ ހޭލުންތިރިކަމުގެ ޕްރޮގްރާމްތައް ބޭއްވުން ކަމަށެވެ.

މި ޕޫލުގައި ބައިވެރިވާ އިލްމުވެރިން ބެންގާލީ ބަހުން ދޭ ކޮންމެ ދަރުހަކަށް 500ރ. އަދި ބެންގާލީ ބަހަށް ޓްރާންސްލޭޓްކޮށްދޭ ކޮންމެ ދަރުހަކަށް 1000ރ. ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީއިން ހޯދާ އިލްމުވެރިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

  • ސުންނީ މުސްލިމެއް ކަމުގައި ވުން
  • މިނިސްޓްރީއިން ބަލައިގަންނަ ޔުނިވާސިޓީއަކުން ދީނީ އިލްމުގެ ޑިގްރީ އެއް އޮތުން
  • ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވުން

މި ޝަރުތުހަމަވާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗު 25, ގެ މެންދުރު 02:00 ގެ ކުރިން މިނިސްޓްރީއިން އެންގުމަށް އެދިފައިވެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ވަޒީފާ އަދާ ކުރުމަށް ރާއްޖޭގައި ދިރިއުޅޭކަން ފާހަގަ ކޮއްލެވެއެވެ.

ގުޅުންހުރި