-Advertisement-

-Advertisement-

މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫކުރާ ބަޔަށް ގެއްލުންދީފި

ވިޔަފާރަވެރިންގެ މިސްކިތް

މާލެ ސިޓީގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫކުރާ ބަޔަށް ގެއްލުން ދީފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިރޭ ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ  ބަންޑާރަ މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫ ކުރާބައިގެ ފެން އިސްކުރު ތަކަށާއި ފާހަނާ ތަށްޓަށް ބަޔަކު ގެއްލުންދީފައިވާ ކަމަށާއި

ނަމަވެސް މިކަން ކޮށްފައިވަނީ ކޮން ގަޑިއެއްގައި ކަމާއި އެއީ ކޮން ބައެއްކަން ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނެފައިވަނީ އެ މިސްކިތްތަކުގެ ގެއްލުންވި ފާހަނާތައްޓާއި ފެން އިސްކުރު މަރާމާތު ކުރުމުގެ މަސައްކަތް މިރޭކުރިއަށް ގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މި ފަދަ ނާތަހުޒީބު އަމަލުތައް ހުއްޓުވުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަންބޭނުންވާ ކަމަށެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ. މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށްފައި ހުންނަ ނަމަވެސް މި ކަމަށް އެދެވޭހައްލެއް މިހާތަނަށް އައިސްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-