-Advertisement-

-Advertisement-

ވީއޭއެމްގެ އިންތިހާބު ފަސްކޮށްފި

ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިހާބު، މިމަހުގެ 26 ވަނަ ދުވަހުގައި ބާއްވާ ގޮތަށް ނިންމައި، އެކަން މިއަދު އިއުލާނުކޮށްފިއެވެ.

ވީއޭއެމްއިން މިއަދު ބޭއްވި އެކްސްކޯ މީޓީންއެއްގައި ނިންމާފައިވަނީ މީގެ ކުރިން އިންތިހާބު ބޭއްވުމަށް ކުރި އިއުލާނު ބާތިލުކުރުމަށާއި، އާ އިންތިހާބު މިމަހުގެ26 ވަނަ ދުވަހުގެ ރޭ އޯޓީޕީ ބައި ސޮލައިޓްގައި ބޭއްވުމަށެވެ

. އެރޭ ވީއޭއެމްގެ ހިންގާ ގަވާއިދު (ވާޝަން 2023) ގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުންއިންތިހާބުކުރުމަށް ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮންނާނީ އެރޭ 10:00 ގައެވެ.

ވީއޭއެމްގެ މައްސަލަ ގޯސްވެފައިވާ އިރު، މިމަހު 15 ގައި ފުރަތަމަ ބޭއްވުމަށް ނިންމި ވީއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރުމުހައްމަދު ތޮލާލް އަންގާފައިވަނިކޮށް އެކަން ވަނީ ކުރިއަށް ގެންގޮސްފައިއެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ލިސްޓެއް ވީއޭއެމްއިން އިއުލާނު ކޮށްފައިވާ އިރު، ހުޅުވާލާފައިވާ މަގާމުތަކަކީ:

  • 1- ޕްރެޒިޑެންޓް
  • 2- ސީނިއަރ ވައިސް ޕްރްޒެޑެންޓް
  • 3- ވައިސް ޕްރެޒިޑެންޓްވޮލީބޯލް
  • 4- ވައިސް ޕްރެޒިޑެންޓްއިދާރީ
  • 5- ވައިސް ޕްރެޒިޑެންޓްއަންހެން
  • 6- ހިންގާ ކޮމިޓީގެ މެމްބަރު 3
  • 7- ހިންގާ ކޮމިޓީގެ މެމްބަރު 4
  • 8- ހިންގާ ކޮމިޓީގެ މެމްބަރު 5
  • 9- ހިންގާ ކޮމިޓީގެ މެމްބަރު އަންހެން 6 އެކެވެ.

ވީއޭއެމްއިން ދާދިފަހުން އާ އަސާސީ ގަވާއިދެއް ފާސްކޮށް، ކުރިން އިންތިހާބުވެފައި ތިބި މެމްބަރުން މަގާމުތަކަށް މައިގްރޭޓް ކޮށްފައިވާ އިރު، މިހާރުއިންތިހާބަކަށް މަސައްކަތް ކުރަނީ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމަށެވެ. އެ މަގާމުތަކުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުހިމެނެއެވެ.

އެ މަގާމު ހުސްވީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެ މަގާމަށް އިންތިހާބުވި މުހައްމަދު ރަނޭޝް (ރަނޭ)، މިދިޔަ މަހުގެ 27 ގައި ސިޓީ ލުމަށްފަހު، މި މަހުގެއެއްވަނަ ދުވަހުން ފެށިގެން މަގާމުން އިސްތިއުފާދިނުމާ އެކުގައެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-