-Advertisement-

-Advertisement-

އޭސީސީގެ ޓީމެއް ބެޑްމިންޓަން އެސޯސިއޭޝަން އަށް ވަދެއްޖެ

ފޮޓޯ: އެންޓި ކޮރަޕްޝަން ކޮމިޝަން

ކޮރަޕްޝަންގެ މައްސަލަަތަކެއްގެ މައުލޫމާތު ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން އޭސީސީން ބުނެފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރައްދުވާގޮތަށް އެ ކޮމިޝަނަށް ކޮރަޕްޝަނާ ގުޅުންހުރި ގިނަތުހުމަތުތަކެއް ކުރެވިފައިވާ ކަމަށާއި

އެހެން ކަމުން އެ ތުހުމަތުތަކާ ގުޅިގެން ލިޔެކިޔުމާއި މަޢުލޫމާތު ހޯދުމަށް ކޮމިޝަނުގެ ތަޙުޤީޤު ޓީމެއް މިހާރު އެ އެސޯސިއޭޝަނުގައިޙަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ އަމިއްލަ ކުންފުންޏަށް މާލީ ފައިދާ ލިބޭގޮތަށް މަސައްކަތްކުރުން ހިމެނެ އެވެ.

އެގޮތުން ބެޑްމިންޓަންގެ މުބާރާތްތަކުގައި ބޭނުން ކުރާ ބޯޅަ (ޝަޓްލް)، ގަންނަނީ މޫސަގެ އަމިއްލަ ވިޔަފާރި،އަސްކަނި ސްޕޯޓްސްއިން ކަމަށްވާތީ އެއީކޮރަޕްޝަންގެ އަމަލެއް ކަަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައިވާއިރު

އެ އެސޯސިއޭޝަނުން އެކަން ވަނީ ދޮގުކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-