-Advertisement-

-Advertisement-

ޖީޑޭޖުޑިޝަރީ ސްޓާފުންނަށް ރޯދަ މަހު ފަހު ދިހައެއްގެ މަންފާ ލިބޭނެ ގޮތަށް ސްޓޭންޑާޑް ބަދަލުކޮށްފި

ކްރިމިނަލް ކޯޓު /ފޮޓޯ: ސަން

ޖީޑޭޖުޑިޝަރީ ސްޓާފުންނަށް ރޯދަ މަހު ފަހު ދިހައެއްގެ މަންފާ ލިބޭނެ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ސްޓޭންޑާޑް ބަދަލުކޮށްފިއެވެ.

ޑީޖޭއޭއިން ބުނީ ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކުރުމަށް ނިންމާފައި ވާތީ، އެ ދުވަސްތަކުގައި މަސައްކަތް ކުރާ ޖުޑިޝަރީގެ މުވައްޒަފުންނަށް ލިބޭނީ ރަސްމީ ބަންދު ދުވަހަކު ނުވަތަ ރަސްމީ ވަގުތުން ބޭރުގައި މަސައްކަތްކުރާއިރު ލިބިދޭ އުޖޫރަކަމަށެވެ.

ރޯދަ މަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ނަމަވެސް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ އެ ދުވަސްތަކަކީ ގެއިން އޮންލައިންކޮށް މަސައްކަތް ކުރެވޭ ދުވަސްތަކެއް ގޮތުގައި ހަމަޖައްސައި، އަދި އެ ދުވަސްތަކަކީ މޯލްޑިވްސް އީކޯޓް މެނޭޖުމަންޓު ސިސްޓަމް (މެމްސް) ގެ ތެރެއިން ބަންދު ނޫން ދުވަސްތަކެއް ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ޑީޖޭއޭއިން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ އެއް ގޮތަށް އެ ފުރުސަތު ޖުޑީޝަރީގެ މުވައްޒަފުންނަށް ވެސް ދިނުމުގެ ގޮތުން އާންމު އުސޫލުން އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް ޑީޖޭއޭ އިން ބުނެފައިވަނީ ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް މުވައްޒަފުން މަސައްކަތަށް ނެރެން ޖެހިދާނެ ކަމަށާއި އެފަދަ ހާލަތެއްގައި ވީހާވެސް މަދުން ނެރެން މަސައްކަތް ކުރާނެކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-