-Advertisement-

-Advertisement-

އޯލެވެލް އިމްތިހާނުން ފާސްވާ ކުދިންގެ އަދަދު މަދު، މިއީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ރަނގަޅު ކުރަން ޖެހޭ ކަމެއް: ޝަފީއު

މިނިސްޓަރު ޝަފީއު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ / ފޮޓޯ: މަޖިލިސް

އޯލެވެލް އިމްތިހާނުން ފާސްވާ ކުދިންގެ އަދަދު މަދުކަމަށާއި މިއީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ރަނގަޅު ކުރަން ޖެހޭ ކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޝަފީއު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ވަހީދު ވަނީ މި މައްސަލަ ހައްލު ކުރުމަށް ކުރައްވާ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.

ސުވާލަށް ޖަވާބު ދެއްވާ މިނިސްޓަރު ޝަފީއު ވިދާޅުވީ ރާއްޖެ އަކީ އޭޝިއާ ސަރަހައްދުގައި ބައިނަލްއަގުވާމީ މަންހަޖަކަށް ޔުނިވާސަލް ފެންވަރެއްގައި ކިޔަވައިދޭ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށާއި، ބައިނަލްއަގުވާމީ މަންހަޖަކަށް އޯލެވެލާއި އޭލެވެލް ބައްޓަންކޮށްގެން ކިޔަވައިދެމުންދާ މަދު ގައުމުތަކުގެ ތެރޭ ހިމެނޭ އެއް ގައުމު ކަމަށެވެ.

ނަމަވެސް ރާއްޖޭގައި އޯލެވެލްގައި ފަސް މާއްދާއިން 65 ޕަސެންޓް ފާސްވުމުގެ ގައުމީ ޓާގެޓާ ހަމައަށް މިހާތަނަށް ހަގީގީ މާނައިގައި ވާސިލްވެވިފައިނުވާކަމަށް ވަނީ ވިދާޅުވެފައެވެ.

ގައުމީ ލެވެލެއްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ނުވާ ނަމަ، ލާނިން ލޮސްއެއް ހިނގާ ކަމަށާއި އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ތައުލީމުގެ ފެންވަރަށް ބަލާއިރު އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ. އޯލެވެލް އިން ފާސްވާ ދަރިވަރުންގެ އަދަދު އަޅުގަނޑުމެންނަށް ދަަށް،” މިނިސްޓަރު 

އެހެންކަމުން ގައުމީ ފެންވަރުގައި މިކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި،

ގިނަ ސްކޫލްތަކުގެ ވަސީލަތްތައް ބައްޓަންކުރެވިފައި ވަނީ ކުދިންގެ ހުނަރުތައް ތަރައްގީކުރުމަށް އެންމެ އެކަށޭނަ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސްކޫލްތައް އިމާރާތްކުރެވިފައި ހުންނަނީ އިހުގެ ގޮތަކަށް ކަމަށާއި، އެހެންވެ ވޮކޭޝަނަލް ލެބާއި ސްޓެމް ލެބް ފަދަ ތަންތަން ސްކޫލްތަކުގައި ގާއިމްކުރަން ބަލާއިރު އުނދަގޫ ކަމަށް ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވި ގޮތުގައި މިކަމަށް ހައްލެއް ގެނެވޭނީ ދުރު ރާސްތާ ޕްލޭނެއް އެކުލަވާލެވި ގިނަ މަސައްކަތްތަކެއް ކުރެވިގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-