-Advertisement-

-Advertisement-

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ފުރަތަމަ ދަތުރުކޮށްފި

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާނެ ސީޕްލޭން / ފޮޓޯ: ރައީސް ޑރ. މުހައްމަދު މުއިއްޒު | އެކްސް

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ފުރަތަމަ ދަތުރުކޮށްފިއެވެ

މި ދަތުރު ކޮށްފައިވަނީ ކުޑަ ހުވަދުއަށެވެ.ސޯޝަލް މީޑިއާ އަދި ވައިގެ އުދުހުންތަކުގެ މައުލޫމާތު ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން މި ދަތުރުގެ ފޮޓޯތަކެއް އެކްސްގައި ހިއްސާކޮށްފައިވެ އެވެ. ބަލިމީހުން އުފުލުމަށް ބަދަލުކުރި ސީޕްލޭނުގެ އެތެރެ ފުރަތަމަ ފަހަރަށް މި ފޮޓޯތަކުން ފެންނައިރު، ބަލިމީހާ ބޭއްވުމަށް ސްޓްރެޗަރެއް ހަރުކޮށްފައިވާތަން ފެނެއެވެ.

އެއްފަހަރާ ދެ މީހުން އުފުލުމުގެ ކެޕޭސިޓީ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާބޯޓާއި އެންމެ މީހަކު އުފުލޭ ގޮތަށް ފަރުމާ ކޮށްފައިވާ ސީޕްލޭންގައި ކުރިއަށް އޮތްތަނުގައި އޮންނަ ޑިމާންޑަށް ބަލައި ސްޓްރެޗަރު އިތުރު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދެނީ އައިލެންޑް އައިލެންޑް އޭވިއޭޝަން ކުންފުންޏާ ގުޅިގެންނެވެ.

މި މަހުގެ ފުރަތަމަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް އިފްތިތާހުކުރެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވީ:

  • އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ދެ ބޯޓެއް ބޭނުންކުރާނެ ކަމަށް
  • އެއީ އެއާޕޯޓުތަކަށް ޖައްސާ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއްގެ އިތުރުން ސީޕްލޭނެއް
  • ސީޕްލޭން ބޭނުންކުރުމުން އެއާޕޯޓު ނެތް އަދި އެއާޕޯޓާ ދުރު ރަށްރަށުން ބަލިމީހުން އުފުލަން ޖެހޭ ހާލަތްތަކުގައި އެކަން ފަސޭހަ ކަމާއެކު ކުރެވޭނެ ކަމަށް

ކުއްލި ހާލަތުގައި ބޭނުންވާނެ ހުރިހާ ހިދުމަތެއް އެއާ އެމްބިއުލާންސުން ލިބޭނެ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-