-Advertisement-

-Advertisement-

ފުލުހުންގެ މުސާރަ ބޮޑު ކޮށްދީފި

ފުލުހުން / ފޮޓޯ: ރައސިްއޮފީސް

މިމަހުން ފެށިގެން ފުލުހުންގެ މުސާރަ %35 ބޮޑުކޮށްފައިވާކަމަށް ފުލުހުންގެ މުވައްސަސާއިން ބުނެފިއެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ކޮށްފައިވާ އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ފުލުހުންގެ މުސާރަ މިމަހުން ފެށިގެން %35 ސަރުކާރުން ބޮޑުކޮށްދެއްވާފައިވާ ކަމަށާއި، އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއްކަމުގައެވެ.

އަދި އޭވާ ވިދާޅުވީ މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއިއެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރު ކަމަށާއި، މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުންކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތަޢާރަފް ކުރުމުގެ ގޮތުން ކުރިންދެމުންއައި އެލަވަންސްތަކަށް ބަދަލުގެނެވިފައިވާނެ ކަމަށެވެ.

ފުލުހުންގެ މުސާރަ ބޮޑެ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ބްރުއަރީމަހުގެ 23 ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުރިއަށް ގެންދިޔަ “އަހާ ފޯރަމް”ގައި ވާހަކަ ދައްކަވަމުންނެވެ.

އެ ފޯރަމުގައި ފުލުހުންގެ މުސާރަ ބޮޑުވާނީ ކޮން އިރަކުންތޯ އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މާރޗްމަހުން މަހުން ފެށިގެން ފުލުހުންނާއި ސިފައިގެން މުސާރަ ބޮޑުކުރެެއްވުމަށް ނިންމަވައިފައިވާ ކަމަށެވެ.

މީގެއިތުރުން އާޓިފިޝަލް ބީޗުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނެއްގެ ތެރެއިން ސެޕްޓެންބަރު 15ވަނަ ދުވަހުގެ ރޭ  ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-