-Advertisement-

-Advertisement-

‎ރާއްޖެ އައި ޕާކިސްތާނު މީހެއްގެ އަތުން 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓް

ރާއްޖެ އައި ޕާކިސްތާނު މީހެއްގެ އަތުން 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި އެމީހާ ރާއްޖެ އައިސްފައިވަނީ 12 މާރިޗު 2024 ވަނަ ދުވަހު އެވެ. އަދި އެއީ ވައިގެ މަގުން ރާއްޖެ އައިޕާކިސްތާނުގެ 56 އަހަރުގެ ފިރިހެނެއް ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައިއެވެ.

އެމީހާގެ ލަގެޖުން 5.30 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައި ވެއެވެ.

ޕާކިސްތާނު މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، ކޯޓު އަމުރުގައި ވާގޮތުން، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ ބައިވެރިވުމެއް އޮތްކަމަށް ބެލެވޭ ފަރާތެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-