-Advertisement-

-Advertisement-

މާލޭއިން އިއްޔެވެސް 46.1 ޓަނުގެ ކުނި ނަގައިފި

މާލޭގެ މަގުމަތީގައި ހުރި ކުނިތަކެއް – ފޮޓޯ: މިހާރު

މާލޭއިން އިއްޔެވެސް 46.1 ޓަނުގެ ކުނި ނަގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އިއްޔެވެސް 1.5 ޓަނުގެ ތިން ޕިކަޕާއި، 350 ކިލޯގެ 19 ޕިކަޕުގެ އިތުުރުން ދެ ޓަނުގެ ހަތް ޕިކަޕު އަދި ތިން ޓަނުގެ ހަތް ޕިކަޕުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނެގި ކަމަށާއި އެއީ ޖުމުލަ 46.1 ޓަނުގެ ކުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ގޭތެރޭގައި ގެންގުޅޭ ސޯފާއާއި، ފާހަނާތައްޓާއި ބޮޑެތި ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ކުނިތައްވެސް ވަރަށް ގިނައިން މަގުމަތިން ނަގަމުންދާ ކަމަށާއި ކުނި އެޅުން ހުއްޓުވަން ސިޓީ ކައުންސިލްގެ ވެށިފާރަވެރިން ވެސް މަގުތަކަަށް ނެރެމުންދާ ކަމަށެވެ.

މާލެ ތެރޭގައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކޮންމެ ދުވަހަކުވެސް ކުރަމުންދިޔަ ނަމަވެސް މަގުމައްޗަށް ކުނި އެޅުން ހުއްޓޭގޮތެއް ނުވެއެވެ. އެއާއެކު މާލެތެރެއަށް ކުނި އަޅާ މީހުންނަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާނެކަން ފުލުހުން އަންގާފައިވާއިރު އެ ފަރާތުން ވަނީ މާލެ ތެރެއަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ބުނެފައެވެ.

އަދި ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވިއްޖެނަަމަ އެފަދަ މީހުން ލައްވާ ކުނިތައް ނަގުވާ މަގު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-