-Advertisement-

-Advertisement-

ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާން ސްޓެލްކޯއިން އިލްތިމާސްކޮއްފި

ސްޓެލްކޯ މައި އޮފީސް – ފޮޓޯ: އެޑިޝަން

ކަރަންޓު ބޭނުން ކުރުމުގައި އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފި އެވެ.

މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްތަކަށްވުމާއި އަދި ރަމަޟަން މަހަކީ އާންމުކޮއްވެސް ކަރަންޓުގެ ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށްވުމުން މިދުވަސްވަރުގައި ހާއްސަ ސަމާލުކަމެއް ދޭން އާއްމުންގެ ކިބައިން އެދިފައިވެއެވެ.

“މި ދުވަސްވަރު ކަރަންޓު އިގްތިސާދު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ،” ސްޓެލްކޯ އެމްޑީ ފަހުމީ ވިދާޅުވެފައިވެ އެވެ.

ދުވާލު ރައްޖޭގެ ހޫނުމިނަކީ 32 ޑިގްރީ ސެލްސިއަސްއަށް އަރައި އިހުސާސް ކުރެވޭ ހޫނުމިން 40 ޑިގްރީން މައްޗަށް ގޮސްފައިވާކަމަށް މެޓް އޮފީސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި މިދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުންކުރަމުންދާ ކަމަށެވެ. އާންމު އެހެން މަސްތަކުގައި ބޭނުން ކުރަނީ ގާތްގަނޑަކަށް  94 މެގަވޮޓްގެ ކަރަންޓް ކަމަށެވެ. މިހާރު މާލެ ސަރަހައްދުގެ ކަރަންޓު އުފައްދާ މެކްސިމަމް ކެޕޭސިޓީއަކީ 122 މެގަވޮޓެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-