މާލެ ފަޅުތެރޭގައި ނުގަވާއިދުން އަޅާފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހަން މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އޭ ބްލޮކް ޗެކު ކޮށް ހުއްދަނެތި އަޅާފައި ހުރި އުޅަނދު ތަަކުގައި މިއަދު ވަނީ ސްޓިކާ ޖަހާފައިއެވެ
މާލެއާއި ވިލިނގިލީގެ ފަޅުގެ ގަވާއިދުގައި ބުނާ ގޮތުން މާލެ ހުޅަނގު ބަނދަރުން ދާއިމީ ހުއްދައެއް ދެނީ ދުވާލަކު މީޓަރަކަށް އެއް ރުފިޔާ ދައްކައިގެންނެވެ. އަދި ވަގުތީ ގޮތުން ފަޅުތެރޭގައި ދޯނި ބާއްވާ ފުރަތަމަ ތިން ދުވަހު މީޓަރަކަށް ދުވާލަކު 10 ރުފިޔާ ނަގާއިރު ދެވަނަ ތިން ދުވަހަށް ނަގަނީ މީޓަރަކަށް ދުވާލަކު 15 ރުފިޔާގެ ރޭޓުންނެވެ.
މާލޭގެ މަގުތަކުގައި ނުގަވާއިދުން ޕާކް ކުރާ ވެހިކަލްތައް ޓޯވ ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.