-Advertisement-

-Advertisement-

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީން ރާއްޖެއަށް ހަދިޔާ ކުރި ކަދުރާ މިނިސްޓަރު ޝަހީމް ރަސްމީކޮށް ހަވާލުވެވަޑައިގަންނަވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސައުދީ ސަރުކާރުން ރާއްޖެއަށް ކޮންމެ އަހަރުކުވެސް ރަމަޟާން މަހާ ދިމާކޮށް ހަދިޔާ ކުރާ ކަދުރު މި އަހަރުވެސް ހަދިޔާ ކޮއްފިއެވެ.

ސައުދީ ސަރުކާރުން ހަދިޔާ ކުރާ ކަދުރު ހަވާލުކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށް ކަދުރުތަކާއި ހަވާލުވެވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ސައުދީ ސަރުކާރުން މި އަހަރު 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާ ކޮއްފައިވެއެވެ.

މިދިޔަ އަހަރު ކަދުރު ފުރަތަމަ ބަހާފައިވަނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށެވެ. އެއަށްފަހު ބަލައިދާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދޫކުރިއެވެ. ނަމަވެސް މިއަހަރު ކަދުރު ބެހުމަށް ނިންމާފައިވަނީ ކޮން އުސޫލެއްގެ ދަށުން ކަމެއް އަދި ކަދުރު ބަހަން ފަށާނީ ކޮންއިރަކު ކަމެއް އަދި ހާމައެއް ނުކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-