-Advertisement-

-Advertisement-

ކާނާ ބަންދު ކުރާ ދަޅުން ހަދާފާހުރި އިމާރާތެއް: މުޅި ދުނިޔެއަށް ބޮޑު މެސެޖެއް

އިސްރާއީލްގެ ލާއިންސާނީ ހަމަލާތަކުގައި ގެ ދޮރު ހަލާކުވެ ރެފިއުޖީ ކޭޕެއްގައި އުޅެން މަޖުބޫރުވެފައިވާ ދާލިއާ އަފީފީ ބުނެފައިވަނީ އިންސާނީ އެހީ ފޯރުކޮއްދޭ ފަރާތްތަކުން ފޯރުކޮއްދީފައިވާ ދަޅުކާނާ ބަންދު ކުރާ ދަޅުން ހަދާފައިވާ ކުޑަ ގެ އަކީ  މުޅި ދުނިޔެއަށް ފޯރުކޮއްދޭ ވަރު ގަދަ މެސެޖެއް ކަމަށެވެ.

އުތުރު ޣައްޒާގެ ހަދާފައިވާ ރެފިއުޖީ ކޭޕްގައި ތިބި ކުޑަ ކުދިންގެ އެހީގައި ހަދާފައިވާ މި ގެ އަކީ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުއްވެރިކޮށް މި އަމަލުތައް ހުއްޓުވުމަށް ދުނިޔެއަށް ގޮވާލުމަށް ހަދާފައިވާ ތަކެކެވެ.

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަނުން ކަމަށާއި އެތައް ބަޔަކު ކާ ތަކެއްޗައް ޖެހިފައިވާ ކަމަށް ދާލިއާގެ ވީޑިއޯ މެސިޖްގައި ބުނެފައިވެއެވެ.

“މިއީ އަހަރުމެން ދިރިއުޅެމުން ދިޔަ ގޮތެއް ނޫން” ދާލިއާ އަފީފީ ބުންޏެވެ.

ފަލަސްތީނުގެ ސަގާފީ ކެއުންތަކަކީ މުޅި ދުނިޔެއަށް މައްޝޫރު ކެއުންތަކެއް ކަމަށާއި, ނަމަވެސް މިހާރު ފަލަސްތީނުގެ ރައްޔިތުންނަށް ކާން ޖެހިފައިވަ މިވަނީ ދަޅު ކާނާ ކަމެވެ. އެތައް ބަޔަކު ބަނޑުހައި ހޫނު ކަމުގައި މަރުވަމުންދާ ކަމަށެވެ.

“ދާނެ މާކެޓެއްވެސް ނެތް, ތަކެތި ގަނެގެން ރަނގަޅު ކާނާއެއް އަހަރުމެންގެ ދަރިންއަށް ތައްޔާރުކުރަން” ދާލިއާ އިތުރަށް ބުނެފައިވެއެވެ.

ޔޫއެން އިން ވެސް ވަނީ އިސްރާއީލުން ބަނޑުހައިހޫނުކަން ހަތިޔާރަކަށް ބޭނުން ކުރަމުންދާކަމަށް ބުނެފައިއެވެ. ކާބޯތަކެތި ޣައްޒާއަށް އެތެރެ ކުރުމަށް ގަސްތުގައި އިސްރާއީލުން ދަނީ ހުރަސް އަޅުމުންނެވެ.

ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކާބޯތަކެތި ފޯރުކޮށްނުދެވިއްޖެ ނަމަ އެތައް ބަޔަކު މަރުވެދާނެ ކަމަށް ގްލޯބަލް ފުޑް މޮނިޓަރ ވަނީ އިންޒާރު ދީފައިއެވެ.

ނިރުބަވެރި އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި މިހާތަނަށް 30000 އަށް ވުރެ ގެނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮއްލާފައިއެވެ. އެތައް ހާސް މީހުން ވަނީ ބޭސް ފަރުވާއަށާއި ކާބޯތަކެއްޗަށް ޖެހިފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-