-Advertisement-

-Advertisement-

ކަސްޓަމްސްގެ އުސޫލު ހަރުދަނާ ކޮށް، މަސްތުވާތަކެތީގެ ދޮރާށި ބަންދު ކުރެވިއްޖެ: ހޯމް މިނިސްޓްރީ

ފުލުހުން މަސްތުވާތަކެތި އަތުލައިގަންނަނީ

ކަސްޓަމްސްގެ އުސޫލު ހަރުދަނާ ކޮށް، މަސްތުވާތަކެތި އެތެރެ ކުރަމުން އައި މައި ދޮރާށިތައް ބަންދު ކުރެވިއްޖެކަމަށް ހޯމް މިނިސްޓްރީގެ ނައިބު ހަސަން އަލީ ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވެފައިވަނީ ރޭ ދެއްވި އިންޓަވިއު އެއްގައެވެ. އެގޮތުން އޭނާ ވިދާޅުވީ މީގެ ކުރިން ކަނޑުގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށާއި ވައިގެ މަގުންވެސް މަސްތުވާތަކެތި އެތެރެކުރާ ކަމަށެވެ.

މީގެއިތުރުން ހަސަން ވިދާޅުވީ ހޯމް މިނިސްޓަރުކަމަށް އަލީ އިހުސާން ވަޑައިގެންނެވި ފަހުން ކަސްޓަމްސްގެ އުސޫލުތައް ހަރުދަނާ ކުރަން ފަށާފައިވާ ކަމަށާއި ރާއްޖެއަށް އެތެރެވާ މީހުންގެ ލަގެޖުތައް ޗެކުކުރުމުގައި ވެސް ވަރަށް ވަރުގަދަ އުސޫލުތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ބަރޯސާ ވަމުން ދިޔައީ ބޭރު ބަޔަކަށް ކަމަށާއި ނަމަވެސް މިހާރު ކަނޑުގެ ސަހަރައްދު ބަލަހައްޓަމުން ދަނީ ސީދާ ދިވެހީންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި މިފަހުން ޑްރޯންތައް ގެނައުމުގެ ކުރިން ކަނޑުގެ ސަރަހައްދު ބެެލެހެއްޓުމަކީ އެއްގޮތަކަށް ވެސް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-