-Advertisement-

-Advertisement-

އެފްއޭއެމް ނޯމަލައިޒް ކުރަން މެމްބަރު ތޯރިގު ގޮވާލައިފި

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް

ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނޯމަލައިޒް ކޮށްގެން ނޫނީ ކަންތައްތައް ހަމައަކަށް ނޭޅޭނެ ކަމަށާއި، އެހެންކަމުން އެފްއޭއެމް ނޯމަލައިޒް ކުރުމަށް ގޮވާލާ ކަމަށް އެ އިދާރާގެ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ އިންތިހާބުވެސް މިވަގުތު ގިނަ މައްސަލަތަކެއް ކުރިމަތިވެ އޮތީ މަޑު ޖައްސާލަން އަންގާފައެވެ. މި އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރައްވަން ހުށަހެޅުއްވީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުރީގެ އެފްއޭއެމްގެ ރައީސް އަދި މެމްބަރު ތޯރިގެވެ.

ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށުގެ ދައުވާ އުފުލާފައވުމާއެކު މީގެ ކުރިން ޖެނުއަރީ 31 ވަނަ ދުވަހު ބާއްވަން އުޅުނު އެފްއޭއެމް އިންތިހާބުގައި ބައްސާމް ވާދަކުރައްވާފައެއް ނުވެއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދެ ދައުވާއެއް ބައްސާމްގެ މައްޗަށް އުފުލާފައިވާކަމަށެވެ.

އެފްއޭއެމްގެ މި އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހެޅޭނީ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުގެ ތެރެއިން ތިން ކްލަބުގެ ތާއީދާއެކުއެވެ. މި ވަގުތު ކްލަބު ވެލެންސިއާ ސަސްޕެންޝަނެއްގައި އޮތުމުން، އެ ކްލަބަށް ވޯޓުލުމުގެ ހައްގެއް ނެތެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ތޯރިގު ކެންޑިޑެސީ ހުށަހެޅީ ވެލެންސިއާވެސް ހިމަނައިގެންނެވެ. އަދި އޭނާ ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 11 ކްލަބެއްގެ ސޮއި ހޯދައިފައެވެ. ތޯރިގު 11 ކްލަބެއްގެ ސޮއި ހޯދި ނަމަވެސް، އޭނާއަށް ފުރަތަމަ ޑިވިޝަނުން ތާއީދު ކުރި ކްލަބުތަކުގެ ތެރޭގައި ވެލެންސިއާ ހިމެނިފައި އޮތުމާއެކު، އޭނާ އެ ކްލަބުގެ ސޮއިއަށް ބަރޯސާވާން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-