ރަޝިއާގެ ކޮންސަޓު ހޯލެއްގައި ބަޑިން ހަމަލާދީ 60 މީހަކު މަރާލައިފިއެވެ.
އިއްޔެ ހިނގާދިޔަ މި ހާދިސާގައި ބަޑީގެ ހަމަލާގެ އިތުރުން ހޯލުގައި އެއްޗެއް ގޮއްވާވެސްލާފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނީ މޮސްކޯގައި ގިނަ ބަޔަކު އެއްވެފައި ތިބި ކްރޯކަސް ސިޓީ ހޯލަށް ހަތިޔާރު އެޅި މީހުންތަކެއް ވަދެ، ދިން އެ ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައިވާ ކަމަށެވެ.
މި ފަރާތްތަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ދާއިރު، ރަޝިއާއާއެކު ހަނގުރާމައިގައި އޮތް ޔޫކްރެއިން އިން ވަނީ މި ހަމަލާއާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މިކަމުގައި ޔޫކްރެއިންގެ ބަޔަކު ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ނެތް ބުނެފައެވެ.
މި ހަމަލާއާއި ގުޅިގެން ކޮންސަޓު ހޯލު ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަ ކޮށް މުޅި ސަރަހައްދަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފައެވެ.
މި ހަމަލާ ރަޝިއާ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެއީ ޓެރެރިސްޓު ހަމަލާއެއް ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.