-Advertisement-

-Advertisement-

މާފުށިން 6 ގޯތި ވިއްކަނީ

ކ.މާފުށި

ކ. މާފުށިީގެ ދެކުނު ފަރާތުން ހިއްކާފައިވާ ސަރަހައްދުން ގޯތި ވިއްކުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭ ގޮތުން ކ. މާފުށީ ކައުންސިލްގެ ފަރާތުން ކޮށްފައިވާ  އިއުލާނުގައި ބުނެފައިވަނީ އެ ރަށުގެ އަލަށް ހިއްކި ބިމުން ހަ ގޯތި ވިއްކަން ބޭނުންވާކަމަށެވެ.

އެގޮތުން މާފުށީގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ވިއްކަން ހުޅުވައިލި 6 ގޯތީގެ ސައިޒުތައް އުޅެނީ 1،961.42 އާއި 1،961.48 އަކަފޫޓާ ދެމެދުގައެވެ.

މި 6 ގޯތީގެ ބީލަމުގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 2،000 ރުފިޔާއެވެ.

ގޯތި ގަތުމަށް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ބިޑު ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 30،000 ރުފިޔާ އަށެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000 ރުފިޔާ ބަހައްޓަންޖެހެ އެވެ.

މީގެ އިތުރުން ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން 50،000 ރުފިޔާގެ އެޑްވާންސެއް ދައްކަންޖެހެއެވެ. އަދި ބިޑު ކާމިޔާބުކުރާ ޖުމްލަ އަގު 30 ދުވަހުގެ ތެރޭގައިކައުންސިލަށް ދައްކާ ހަލާސްކުރަންޖެހެ އެވެ.

ބިޑު ފޮތް ގަތުމުގެ ފުރުސަތު މާދަމާއިން ފެށިގެން އޭޕްރީލް 24 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ބިޑު ހުށަހެޅުން ހަމަޖަައްސާފައިވަނީ މެއި 5 ވަނަ ދުވަހަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-