-Advertisement-

-Advertisement-

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު އަވަސްކުރަން މަޝްވަރާކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް /ފޮޓޯ: އަވަސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން މަނީލޯންޑާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގެ ނުނިމި އޮތް ބައި އަވަސްކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް، ފުލުހުންގެ ޓީމާ މަޝްވަރާ ކުރައްވައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ފުލުހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ މައްސަލައިގެ މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި އެ މަސައްކަތްތައް ނިންމާނެ ގޮތުގެ ވަގުތު ރޮނގަކާބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

އަދި އެ މަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕީޖީ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަ ކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމް އިން ހިންގާފައިވާ ހިޔާނާތުގެ ތެރެއިން 10،000 ޑޮލަރަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެފްއޭއެމްގެ އިސް ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. ކޮވިޑާ ގުޅިގެން އެފްއޭއެމްއަށް ޖަމާކުރި، 1.9 މިލިއަން ޑޮލަރުގެ މައްސަލައެއް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާކަމަށާއި އިތުރު ބައިތަކުގެ ތަހުގީގު ނިމެމުންދާ ވަރަކަށް އެބައިތަކާ ގުޅިގެން ދައުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކޯޓަށް ހުށަހަޅަމުންދާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-