-Advertisement-

-Advertisement-

މަޖިލިސް އިންތިހާބަށް މާލެ ސަރަހައްދަށް އަދިވެސް 400 އޮފިޝަލުން ބޭނުންވޭ – އީސީ

އީސީގެ ރައީސް، ނައިބު ރައީސް އަދި ސެކެޓްރީ ޖެނެރަލް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލެ ސަރަހައްދުގައި ވޯޓު ލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާން އަދިވެސް 400 އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ބުނީ މާލެ އޭރިއާއަށް 400 އޮފިޝަލުން މަދުވާ ކަމަށާއި ނަމަވެސް ރަށްރަށަށް ބޭނުންވާ ވަރަށް އޮފިޝަލުން ލިބިފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދަށް ބޭނުންވާ ވަރަށް އޮފިޝަލުން ނުލިބޭނަމަ އަނެއްކާވެސް އިއުލާން ކުރާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އޮފިޝަލް ޓްރެއިނިން ފަށައިގެން ކުރިއަށްދާ ކަމަށާއި، ރޯދަމަސް ނިންމާފައި ރިފްރެޝާ ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށްވެސް އީސީއިން ވަނީ ބުނެފައެވެ.

އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އީސީގެ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށެވެ. މީގެއިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން އެއީ ޝަރުތެއްގެ ގޮތުގައި ހިމަނާފައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-