-Advertisement-

-Advertisement-

ކަރަންޓް އަދި ފެން ބިލްގެ ޖޫރިމަނާ މައާފްކޮށްދެނީ

ރައީސް މުއިއްޒު މިހާރު ނިއުސްއަށް ދެއްވި އިންޓަވިއުގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައްޔިތުންގެ މާލީ ހާލަތް ބަދަލުކުރުމަށްޓަކައި, އާންމު ރައްޔިތުންގެ ގޭބީސީތަކުގެ ކަރަންޓު ބިލްތަކަށް އަރާފައިވާ ޖޫރިމާނާ މަޢާފްކޮށްދޭން ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް ވާނީ ދަންނަވާފައިކަމަށެވެ. އަދި ނުދެއްކި ހުރި ފައިސާ ދެއްކުމުގައި ލުއި ގޮތެއް ހަމަޖައްސައި ދިނުމަށް ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ.

ރައީސް ކުރިން ވަނީ ރަމަޟާން މަހުގައި ކަރަންޓު ބިލާއި ފެން ބިލް “ކެޕް” ކޮއްދޭނެކަމަށް ވިދާޅުވެފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-