-Advertisement-

-Advertisement-

ރައީސް ވިދާޅުވީ އެމްޑީޕީގެ މިސްރާބު ހުރީ ކޮރަޕްޝަނާއި އަޅުވެތިކަމުގެ ތެރެއަށް ކަމަށް

ރައީސް ޑރ. މުއިއްޒު

އިދިކޮޅު އެމްޑީޕީގެ މިސްރާބު ހުރީ ކޮރަޕްޝަނާއި އަޅުވެތިކަމުގެ ތެރެއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައިީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ހަސަން ވަހީދުގެ ކެމްޕޭން ޖަގަހަހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި އެމްޑީޕީގެ ސްލޯގަންއަކަށްމިސްރާބު ހަމަމަގަށްބޭނުންކުރަމުންދާ އިރު، ރައީސް ވަނީ އެކަމާ ގުޅުވައިގެންފާޑުކިޔުންތަކެއް އަމާޒުކުރައްވައިފައެވެ.

އެގޮތުން ރައީސް ވިދާޅުވީ އެމްޑީޕީގެ ޓްރެކް ރެކޯޑާއި މިދިޔަ ފަސް އަހަރު މިސްރާބު ހުރީ ކޮން މަގަކުންކަން ބަލަންޖެހޭ ކަމަށެވެ.

އިގުތިސާދީގޮތުން ވެސް މިސްރާބު އޮތީ އަޅުވެތިކަމުގެ ތެރެއަށް ގޮސް ނިމިފައި ކަމަށާއި ވެރިކަން ބަދަލުވެގެންދިޔައީ އެތައް ބިލިއަން ޑޮލަރެއްގެ ލޯނުތައްނަގައި، އެ ލޯނުތައް ދެއްކުމުގެ މަސައްކަތް ކުރެވޭނެ ގޮތްތައް ފަހިނުކުރެވި އޮއްވައި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައިއެވެ.

އަދި ކޮރަޕްޝަންގެ ތެރެއަށް އެއްކޮށް ގޮސް ހުސްވެފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހިންގެ ރާއްޖެއަށް ދިވެހި ރައްޔިތުން މިސްރާބު ޖެހީ އެ މިސްރާބު ކަމުނުގޮސްގެން ކަމަށާއި ރައްޔިތުން ވަނީ ދިވެހީންގެރާއްޖެއަށް ދިވެހިރާއްޖޭގެ ހުރިހާ ކަމެއް ގެންދަން ނިންމާފައި ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-