-Advertisement-

-Advertisement-

‎ތެލު ވެލިގަ ރިސޯޓު ވިއްކާލަން ބެންކް އޮފް ސިލޯނުން އިއުލާނުކޮށްފި

ބޭންކް އޮފް ސިލޯންގެ މާލެ ބްރާންޗް. ފޮޓޯ؛ ބެންކް އޮފް ސިލޯން

އދ. އަތޮޅުގައި އޮންނަޑްރިފްޓް ތެލު ވެލިގަ ރިޓްރީޓްވިއްކާލުމަށް ބޭންކް އޮފް ސިލޯންއިން އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ވާގޮތުން، ސާބިތު ދަރަނީގެ މައްސަލައެއްގައި، ފަސް ތަރީގެ އެ ރިސޯޓުގެ ލީސްހޯލްޑް ރައިޓްސް ވިއްކައިލުމުގެ ހައްގު ސިވިލް ކޯޓުގެ މި މަހުގެ 14 ވަނަ ދުވަހު ކުރި ހުކުމުން ބޭންކަށް ވަނީ ލިބިފައިއެވެ.

ބޭންކް އޮފް ސިލޯން އިން ބުނެފައިވަނީ 30 ކޮޓަރީގެ އެ ރިސޯޓުގެ ލީސްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރަށް ކަމަށާއި، އޭގެ ފަހުން ވެސް އިތުރު 49 އަހަރަށްލީސްގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޑްރިފްޓް ތެލު ވެލިގަ ރިޓްރީޓްވިއްކުމަށް ހަމަޖެހިފައިވާ އެންމެ ކުޑަ އަގެއްގެ ގޮތުގައި ބޭންކުން ކަނޑައަޅާފައިވަނީ 21.14 މިލިއަން ޑޮލަރެވެ.

ބިޑް ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ އިރު، ޑޮކިއުމަންޓް ގަންނަން 2،000 ޑޮލަރު އަދި 25،000 ޑޮލަރުގެ ޑިޕޮސިޓެއް ބަހައްޓަން ޖެހެ އެވެ.

ބިޑް ހުށަހެޅުމުގެ ސުންގަނޑި އަކީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.

ބިޑް ކާމިޔާބުކުރާ ފަރާތުން 30 ދުވަހުގެ ތެރޭގައި ކާމިޔާބުކުރި އަގުގެ 25 ޕަސަންޓު އަދި 60 ދުވަހުގެ ތެރޭގައި ބާކީ ބައި ދައްކައި ހަލާސް ކުރަންޖެހޭނެކަމަށް ބޭންކް އޮފް ސިލޯނުންގެ އިއުލާނުގައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-