ޒަމް ޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްގެ ހަވާލުގައި އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ރޭ ފަތިހު މަރުވެފައިވަނީ ހއދިއްދޫ އަށް ނިސްބަތްވާ އިބްރާހިމް ރަޝީދު 58އ. އެވެ.
އޭނާ ޒަމް ޒަމް ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔައީ މި މަހުގެ 20 ވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
އޭނާއަކީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށާއި އޭނާ މަރުވީ އިއްޔެގެ ވަގުތެއްގައި އެ ބައްޔަށް ފަރުވާ ހޯދުމަށް މައްކާގެ ނޫރުހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ވަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ