-Advertisement-

-Advertisement-

‎ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރީ “މިސް ކޮމިއުނިކޭޝަން” އަކުން: ގައްސާން

ފޮޓޯ؛ އަވަްސް އެމްވީ

އިންޑިއާގެ ކަނޑުގެ ސިފައިންގެ ބަޔަކު ރާއްޖޭގެ މަސްދޯނިތަކަކަށް އަރާފައިވާނީ މިސް ކޮމިއުނިކޭޝަނަކުން ކަމަށް ރަސްމީ ފަރާތްތަކުން މައުލޫމާތު ލިބިފައިވާކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ގައްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި  ރާއްޖޭގެ މަސްދޯނިތަކަކަށް އިންޑިއާގެ ކޯސްގާޑުގެ ސިފައިން އެރިމައްސަލައާ ގުޅޭ ގޮތުން  ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވީ، ހުސްވި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހއ. ކެލާގެ އިރު އުތުރުން 72 ނޯޓިކަލްމޭލު ބޭރުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު އަސުރުމާ 3، މާހޯރަ 3 އަދި ނިރު 7، މަސްދޯނި އެއްތަނަކަށްގެނައުމަށްފަހު އެ ދުވަހުގެ 2:58 އާއި 4:00 އާ ދެމެދުގެ ވަގުތެއްގައި އިންޑިއާގެ ކޯސްޓްގާޑުގެ ދެ އުޅަނދެއްގެ ބޯޑިން ޓީމުތަކުން އެ ދޯނިތަކަށް އަރާފައިވާކަމަށެވެ.

މީގެ އިތުރުން އެކެއް ފެބްރުއަރީގައި މާހޯރަ ދޯނި ހއ. އިހަވަންދޫއަށް ދިއުމަށް ދަތުރުކުރަނިކޮށް ހއ. މޮޅަދޫގެ 20 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ހުއްޓުވައިއިންޑިއާ ސިފައިން އަރާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ކޯސްޓްގާޑަށް މަސް ދޯނިތަކަށް އަރާކަމުގެ މައުލޫމާތު ނުދީ އެކަން ހިންގުނީ މިސް ކޮމިއުނިކޭޝަނެއްގެތެރެއިން ކަމަށް އިންޑިއާއިން ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް ދޯނިތަކަށް އެރީ އޭގައި ސެޓަލައިޓް ފޯންތަކެއް ބޭނުންކުރާތީ އެ ހުރިތޯ ކަށަވަރު ކުރުމަށްކަމަށް ވެސް ބޯޑިން ޓީމުތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ގައްސާން ވިދާޅުވީ، ސެޓަލައިޓް ފޯނު ބޭނުން ކުރުމަކީ ގަވާއިދާ ހިލާފުކަމެއް ކަމަށް އިންޑިއާ އިން ބުނެފައިވީ ނަމަވެސް އިންޑިއާގެ ގާނޫނު ބުނާ ގޮތުންސެޓެލައިޓް ފޯނު ބޭނުންކުރުން މަނާވަނީ އިންޑިއާ ސަރަހައްދުގެ ތެރޭގައި އެކަނި ކަމަށެވެ.

އެއީ ރާއްޖޭގެ ސަރަހައްދުގައި ބޭނުންކުރުން ހުއްދަ އެއްޗެއް ކަމަށާއި ވަކި ސަރަހައްދަކަށްވުރެ ބޭރަަށް ދޯނި ފަަހަރު ނުކުންނަ ނަމަ ރާއްޖޭގެ ދޯނިތަކުގައި އެއީގެންގުޅެން ލާޒިމުކުރާ ފޯނެއް ކަމަށްވެސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-