-Advertisement-

-Advertisement-

ޖަޕާނުގެ އިތުރު އެހީތަކެއް ރާއްޖެއަށް

ޖަޕާނާއި ރާއްޖެއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަޕާނުން ރާއްޖެއަށް އިތުރު އެހީތެރިކަން ފޯރުކޮށް ދޭން ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރުމޫސާ ޒަމީރެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ އެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައި ވަނީ ކަސްޓަމްސް ޕެޓްރޯލް ކްރާފްޓެއް ފޯރުކޮށް ދިނުމުގެ އެއްބަސްވުމަކާއި މެރިޓައިމް ސޭފްޓީ އަދި ސެކިއުރިޓީ ގާއިމުކުރަން 1.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުުމެއްގަޔާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ބޭނުންވާ ސާމާނުފޯރުކޮށްދީ، އެފަދަ ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރު ކުރުމަށް 3.9 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއްގަ އެވެ.

މީގެ ތެރޭގައި ކަސްޓަމްސް ޕެޓްރޯލް އުޅަނދުތަކަށް ބޭނުންވާނެ އިކުއިޕްމެންޓް ފޯރުކޮށް ދިނުމަށް 3.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެއެއްބަސްވުމެއް ވެސް ހިމެނެ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް ޖަޕާނުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-