-Advertisement-

-Advertisement-

އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި: މޫކޭ

މޫކޭ އެކްސްގައި ޝެއަރ ކުރި ފޮޓޯ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނަސް އެކަން ހިނގީ ޗެކް ޕޮއިންޓަކުންސައިކަލް ހުއްޓަން އެންގުމުން ފިލައިގެން ދާން އުޅުމުގެ ތެރޭގައި ސައިކަލުން ވެއްޓިގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ

ފުލުހުނަށް ތުހުމަތު ކޮށް އެކްސްގައި ޕޯސްޓް ކުރެއްވީ އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެވެ.

މި ޕޯސްޓްގައި އޮތް ގޮތުން 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރުމުން ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަން ކައިރިއަށް ބަޔަކު ވަނީ އެއްވެފައިއެވެ.

. މޫކޭ ވިދާޅުވެފައި އޮތީ ފުލުހުންގެ ފަރާތުން ފެންނަނީ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ބަދަލުގައި ޕޮލިސް އޮފިސަރު ހިމާޔަތްކޮށް ހެކިނައްތާލަން މަސައްކަތްކުރާ ހަޑި މަންޒަރު ކަމަށެވެ.

މިކަން ދޮގު ކުރައްވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން، ވިދާޅުވީ ހުޅުމާލޭ ގައި ރޭ 22:00 ހާއިރު އެކަން ހިނގީ ޗެކް ޕޮއިންޓެއްގައި ތިބި ޓްރެފިކްފުލުހުން ހުއްޓަން އެންގުމުން ވެސް ނުހުއްޓައި ބާރަށް ދުއްވާފައި ދާން އުޅެނިކޮށް ކަމަށެވެ.

ޝިފާން ވިދާޅުވި ގޮތުގައި އެ ސައިކަލު ދުއްވާފައި ވަނީ ވެސް ލައިސަންސް ނެތް މީހެކެވެ. އަދި އެ ހާދިސާގައި އަނިޔާވުމުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަރުވާ ދިން ކަމަށް ވެސް ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-