-Advertisement-

-Advertisement-

އެންޓި ޑިފެކްޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ހާއްސަ ކޮމިޓީއަކަށް ފޮނުވަން ފާސްކޮށްފި

ފޮޓޯ؛ރައްޔިތުންގެ މަޖިލިސް

އެންޓި ޑިފެކްޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ހާއްސަ ކޮމިޓީއަކަށް ފޮނުވަން މިއަދު މަޖިލީހުގައި ފާސްކޮށްފިއެވެ.

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނެއް ހަދަން ހުށަހަޅާފައިވާ ބިލެވެ. މި ބިލް ހުށަހެޅުއްވީ މަޖިލީހުގެ ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ އެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު މަޖިލީހަށް ބަލައިގަންނަން ފާސްވުމުން ބިލު ދިރާސާކުރަން ހާއްސަ ކޮމިޓީއަކަށް ފޮނުވަން ފާސްކުރި ނަމަވެސް އެ ކޮމިޓީގައި ތިއްބަވާނެ މެމްބަރުންނާ މެދު ޕާޓީތަކުގެ ހިޔާލު ތަފާތުވި އެވެ. އެހެންވެ އެކަމަށް މަޝްވަރާކުރަން ޖަލްސާ މިހާރު ވަނީ މެދުކަނޑައިލާފައެވެ.

އެންޓި ޑިފެކްޝަން ބިލުގައިވާ ގޮތުން މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެންޓި ޑިފެކްޝަން ގާނޫނަކަށް މީގެ ކުރިންވެސް އަމަލުކުރި އެވެ. އެ ގާނޫނުގައިވާ ގޮތުން މެމްބަރަކު ޕާޓީ ބަލަދުކޮށްފިނަމަ ވަގުތުން އޭނާގެ ގޮނޑި ގެއްލޭނެއެވެ. ނަމަވެސް  2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ވަނީ ފާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-