-Advertisement-

-Advertisement-

‎މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރަން އެމްއޭސީއެލުން ތަށިބަރި ހަރަކާތެއް!

ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރޯދަ މަހަށް ހާއްސަކޮށްމިންހެޔޮ ހިތްހެޔޮނަމުގައި ތަށިބަރި ހަރަކާތެއް ކުރިއަށް ގެންދަންފަށައިފިއެވެ.

މި ހަރަކާތް ފަށާފައިވަނީ ރޯދަ މަސް ފެށުމުގެ ކުރިން، މި މަހުގެ ހަތް ވަނަ ދުވަހުއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީނިއާ އޮފިސަރު، އޮކިއުޕޭޝަން ސޭފްޓީ، މަރްޔަމް އިފާ ވިދާޅުވީ ތަށިބަރަކި ހަރަކާތަކީ ރޯދައާދިމާކޮށް ކުރިއަށް ގެންދެން ނިންމި ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށާއި، މިއީ އެމްއޭސީއެލުން މުޅިން އަލަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މިކަމާއި ގުޅޭ ގޮތިން އެމްއޭސީއެލްގެ ސީނިއާ އޮފިސަރު، އޮކިއުޕޭޝަން ހެލްތު، ފާތިމަތު އިނާޔާ އަހުމަދު ވިދާޅުވީ، މިއަހަރުގެ ޝިއާރަކަށް އިނީ މިންހެޔޮ ހިތްހެޔޮ ތަށިބަރި މޫވްމެންޓުގެ ނަމުން ނަން ދީފައި ކަމަށާއި، މިން ހެޔޮ މި މާނަކުރަނީ ބެލެންސް ޑައިޓަކާ އެއީ އަސްލު ސިއްހީ ގޮތުން ފައިދާ ހުރި ކާނާ މިން ހަމަ ގޮތެއްގެ ކެއުމަށް އަދި ހިތްހެޔޮ އިންނަނީ އެއްކަލަ ޔުނިޓީ އެމޯންގް ސްޓާފް. އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރޭގަ އެކުވެރިކަމާ ގުޅުން ބަދަހިކޮށްދޭން އެގޮތަށް މި ހުންނަނީހިތްހެޔޮ މާނަ ކޮށްފައި ކަމަށެވެ.


އިނާޔާ ވިދާޅުވީ އެމްއޭސީއެލްގެ ފަރާތުން ފަސް ތަށިބަރި މުވައްޒަފުންނަށް ދޫކޮށްފައިވާ ކަމަށެވެ. މިއަހަރު ތަށިބަރި ހަރަކާތް ކުރިއަށް ގެންދިޔުމަށްހަމަޖެހިފައިވަނީ އެމްއޭސީއެލްގެ މުވައްޒަފުންގެ މެދުގައި ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު މީހުންގެ ބައިވެރިވުމާއެކު ތަށިބަރި ހަރަކާތް ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އިނާޔާ ވިދާޅުވިއެވެ.

އިފާ ވިދާޅުވީ ތަށިބަރީގައި ވީހާވެސް ތެޔޮމަދު ކާނާގެ ބާވަތްތައް ހިމެނުމަށް ބާރު އަޅާ ކަމަށެވެ. އަދި ލޮނުރަހަގަދަ ކާތަކެއްޗާއި ފޮނިކާތަކެތި މަދުކުރުމަށްވެސް ބާރުއަޅާ ކަމަށް ވެސް އިފާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-