-Advertisement-

-Advertisement-

އިއްޔެ ވެސް 31 ޓަނުގެ ކުނި މާލޭގެ މަގު ތަކުން ނަގާފައިވޭ

ފޮޓޯ؛ މާލޭ ސިޓީ ކައުންސިލް

އިއްޔެވެސް ގިނަ އަދަދެއްގެ ކުނި މާލޭގެ މަގުތަކުން ނަގައިފި އެވެ.

މި ރަމަޟާންމަހު މާލޭގެ މަގުތަކަށް ކުނި އަޅާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު، އިއްޔެވެސް 1.5 ޓަނުގެ ހަ ޕިކަޕާއި، 350 ކިލޯގެ 18 ޕިކަޕުގެއިތުުރުން ދެ ޓަނުގެ ދެ ޕިކަޕު އަދި ތިން ޓަނުގެ ހަތަރު ޕިކަޕުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުންމައުލޫމާތު ދީފައިވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުނި އެޅުން ހުއްޓުވަން ސިޓީ ކައުންސިލުގެ ވެށިފާރަވެރިން ވެސް މަގުތަކަަށް ނެރެމުންދާ ކަމަށާއި، މީގެއިތުރުން ކުނި އަޅާ މީހުން ހޯދަން ސީސީޓީވީ ފޫޓޭޖްތައް ބަލައި ފުލުހުން މެދުވެރިކޮށް އެ މީހުން ހޯދަމުން ދާ ކަމަށެވެ.

ސިޓީ ކައުންސިލުން މިހާރުވަނީ މަގުތަކަށް ކުނި އަޅާމީހުން ހޯދުމަށްފަހު އެމީހުން ލައްވާ ކުނިތައް އުކާލުމުގެ މަސައްކަތް ފަށައިފަ އެވެ.

މާލޭގެ މަގުތަކުން މި ފަހުން ނެގި ކުނީގެ އަދަދު މިހާރު ވަނީ 700 ޓަނަށް ވުރެ މައްޗަށް އަރައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-