-Advertisement-

-Advertisement-

މޫސުން ގޯސްވެ، ގއ އައި ގދ އަށް ހުދު ސަމާލު

ވިއްސާރަވެ ކަނޑުގަދަ ވެފައި ވަނިކޮށް ދަތުރުފަތުރުގައި ނިކުމެ އުޅޭ އުޅަނދުތަކެއް

މޫސުން ގޯސްވެ، ގއ އައި ގދ އަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ގުޅޭ އިދާރާ މެޓު އޮފީހުން ބުނީ އެ ދެ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު 13:15 އިން 17:00 އާ ހަމައަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރުގެ މޫސުން ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފައިވާއިރު ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-